ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު "އަޔަން ލޭޑީ" ސަނައޭ ތަކައިޗީ
ޖަޕާނަކީ ޕާސަނަލް ޕޮލިޓިކްސް އޮންނަ ގައުމެއް ނޫނެވެ. މާނައަކީ ކެމްޕޭން ކުރާއިރު ފޮޓޯ ޖެހުމުގެ ބަދަލުގައި ވިއްކާނީ ސިޔާސަތު ތަކެވެ. ނަމަވެސް މިފަހަރު އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންނެވި ފުރަތަމަ އަންހެން ބޮޑުވަޒީރު ސަނައޭ ތަކައިޗީ ތަފާތެވެ. އެކަމަނާގެ މަޝްހޫރުކަން އޮތް މިންވަރަކީ މަޖިލީހުގައި ސޮއިކުރައްވަން ލިޔުއްވަން ގެންގުޅުއްވާ "ޕިންކް ޕެން" އަކީ ވެސް އެހާ މަޝްރޫއު އެއްޗެކެވެ. އެކަމަނާގެ މޫނުފުޅަކީ ޖަޕާނުގެ އެހެން ސިޔާސީ ސަހްސިއްޔަތުންނާ ހިޔާލަށް މާބޮޑުތަނުން މަޝޫރު މޫނަކަށްވި އެވެ. ނަތީޖާއަކީ ތަކައިޗީއަށް ގިނަ ބަޔަކު ވޯޓުދީ ބޮޑު ކާމިޔާބީއެއް ހޯދައި އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ހޮވިވަޑައިގަތުމެވެ.
ޖަޕާނުގެ "އަޔަން ލޭޑީ" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ތަކައިޗީ ޢުމުރު 64 އަހަރުގެ ބޭކަނބަލެކެވެ. ސިޔާސީ ދާއިރާ ނުކުމެވަަޑައިގަތޫ 1990 ގެ އަހަރުތަކުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އާ ގުޅިވަޑައިގެންނެވިއެވެ. އުފަންވެވަޑައިގަތީ ނާރާ ޕްރިފެކްޗަރއަށެވެ. ކޯބޭ ޔުނިވަރސިޓީން ގްރެޖުއޭޓްވެވަޑައިގެންނެވި އެވެ. އެލްޑީޕީގެ އެހެން އިސްވެރިންނާ ހިލާފަށް، އޭނާއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވަރަށް އަރިސް ބޭފުޅެކެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗާ އަށް ތާއީދުކުރައްވާ ތަކައިޗީއަކީ ހަރުކަށި ކޮންޒަވޭޓިވް ފިކުރުގެ ބޭފުޅެކެވެ. މީގެ އިތުރުން ތަކައިޗީއަކީ "އަބޭނޮމިކްސް" އަށް ތާއީދުކުރައްވައި ސަރުކާރުން ކުރާ ހަރަދު އިތުރުކުރުމާއި އިޤްތިސާދީ އިސްލާޙުތަކަށް ބާރުއަޅުއްވާ ބޭކަނބަލެކެވެ. އަދި މިއީ އެއްޖިންސުން ކައިވެނިކުރުމާ ދެކޮޅު ހެއްދެވުމާއި، އިމިގްރޭޝަން (ބޭރު މީހުން އައުން) ހަރުކަށިކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަނބަލެކެވެ. މީގެ އިތުރުން ޗައިނާއާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅުއްވުމާއި، ޖަޕާނުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް ތާއީދުކުރައްވާ ލީޑަރެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ތަކައިޗީގެ ވެރިކަމުގައި ޖަޕާނުގެ ސިޔާސަތުތައް އިތުރަށް ކޮންޒަވޭޓިވް ނުވަތަ "ރައިޓް-ވިންގް" އަށް ބަދަލުވެގެންދާނެ އެވެ. ނަމަވެސް، ޖަޕާނުގެ އިޖުތިމާއި ރައްކާތެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ނާންނާނެ ކަމަށް ބެލެވެއެވެ. ތަކައިޗީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ ގޮތުން ނާޒުކު ދަނޑިވަޅެއްގައެވެ. އޭނާއަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކުގެ ތެރޭގައި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލަ ހިމެނެ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުން ކުރާނެ އެވެ. އަދި ޗައިނާ އަދި އުތުރު ކޮރެއާގެ ސަލާމަތީ ނުރައްކާތައް ހިމެނެ އެވެ. މީގެ އިތުރުން
އެލްޑީޕީއަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުން އަރައިގަތުމެވެ.
