މައުލޫމާތު ލައިފްސްޓައިލް

ދަންވަރު ބަނޑުހައިވާ ބައެއް ސަބަބުތައް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ދަންވަރު ވަގުތަކީ އާންމު ގޮތެއްގައި މީހާއަށް ބަނޑުހައިހޫނުކަން އިހުސާސް ކުރެވޭ ވަގުތެކެވެ. ހާއްސަކޮށް ނިދިން ހޭލެވޭއިރު ބަނޑުހައިކަން އިހުސާސް ކުރެވޭ ނަމަ އަލުން ނިދަން ވަރަށް އުނދަގޫ ވެއެވެ.

އެހެން ވަނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް އޮތް ފުރަތަމަ ޖަވާބަކީ ދުވާލު ގަޑީގައި ރަގަޅަށް ނުކެވުމެވެ. ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދުވާލު ގަޑީގައި ކާނާ ލިބޭ ނަމަ ދަންވަރު ބަނޑުހައިކަން އިހުސާސް ކުރެވޭނީ ވަރަށް ކުޑަކޮށެވެ.

ހަށިގަނޑުގައި ބްލަޑް ޝުގާ މަދުވުމަކީ ވެސް ދަންވަރު ބަނޑުހައިވެދާނެ ކަމެކެވެ. ރަގަޅަށް ނުކާ ނަމަ، ހަށިގަނޑުގެ ގުލުކޯޒް ދަށްވެ، ނިދިން ހޭލެވޭ ވަގުތު ބަނޑުހައިކަން އިހުސާސް ކުރެވޭނެއެވެ. ނިދުމުގެ ކުރިން ޕްރޮޓީންއާއި ކާބްސް ހިމެނޭ ކުޑަ ސްނެކެއް ކާލުމުން އެކަމަށް ހައްލު ލިބިގެން ދާނެ ކަމަށް ނިއުޓްރިޝަނިސްޓުން ބުނެއެވެ. އެގޮތުން ދޮންކެޔޮ ނުވަތަ ހޯލް-ވީޓް ޓޯސްޓެއްފަދަ އެއްޗެއް ކައިލުން ރަނގަޅެވެ.

ދަންވަރު ބަނޑުހައި ވެދާޏެ އަނެއް ސަބަބަކީ ނިދުމުގެ ކުރިން ހަށިގަނޑަށް އެއްވެސް ކަސްރަތެއް ނުލިބުމެވެ. ކަސްރަތު ކުރުމުގެ ކުރިން ނުވަތަ އޭގެ ފަހުގައި ގިނައިން ޕްރޮޓީން އެކުލެވޭ މީލްއެއް ނަގާ ނަމަ ނިދުމަށް ވެސް ފަސޭހަވެއެވެ.

އެހެންކަމުން ދަންވަރު ބަނޑުހައިވާ ފަރާތްތަކުން މިކަންކަމަށް ވިސްނާލުން މުހިންމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!