މައުލޫމާތު ލައިފްސްޓައިލް

މޫނު މަތި ރީތި ކޮށްލަން ޗިއާ ސީޑް ފޭސް މާސްކް މީ ފައިދާ ހުރި އެއްޗެއްކަން އެނގޭތަ؟

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ޗިއާ ސީޑަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ބްލަޑް ޕްރެޝަރު ދަށް ކުރުމާއި ކޮލެސްޓްރޯލް ދަށްކުރުމާއި، ހަޖަމުގެ ނިޒާމަށް ވެސް ފައިދާ ހުރި އެއްޗެކެވެ. އަދި ބަރުދަން ލުއި ކުރުމަށް ވެސް ޗިއާ ސީޑު ވަރެއް ނެތެވެ.

Ads by MPL

ނަމަވެސް މިފަހަރު މި ކިޔައިދެނީ ޗިއާ ސީޑު ބޭނުން ކޮށްގެން މޫނު މަތީ ހުންނަ ޑާކް ސްޕޮޓްތަކާއި ލައްތައް ދުއްވާލަން ފޭސްމާސްކް ހަދާލެވޭނެ ގޮތެކެވެ.

ޗިއާ ސީޑަކީ ކާއެއްޗެހީގައި ބޭނުން ކުރުމުގެ އިތުރުން ހަންގަނޑަށް ވެސް ފައިދާ ހުރި އެއްޗެކެވެ. ސްކިންކެއާ ރޫޓީންގައި މީތި ހިމަނައިގެން ލިބޭނެ ފައިދާ ގިނައެވެ. ހާއްސަ ގޮތެއްގައި އެކްނޭ ލައްތައް ހުންނަ ފަރާތްތަކުން މި ރެސިޕީތަކުން ފޭސް މާސްކް ތައްޔާރު ކޮށްލައިގެން ޓެސްޓްކޮށްލުން ރަނގަޅެވެ.

ޗިއާ ޖެލް ފޭސްމާސްކް

  • 2 ސައިސަމުސާ ޗިއާ ސީޑް
  • 1 ސައިސަމުސާ މާމުއި (މޮއިސްޗަރައިޒާއަކަށް ބޭނުންކުރަން)
  • 1 ސައިސަމުސާ ލުނބޯ ހުތް

މި ރެސިޕީއަށް ފޭސް މާސްކް ހެދުމުގެ ގޮތުން ކުޑަ ފެން ފޮދެއްގައި ގާތްގަނޑަކަށް ގަނޑިއިރެއް ވާންދެން ފޯކޮށްލާށެވެ. ޗިއާ ސީޑުތައް ޖެލްއަށް ބަދަލުވުމުން ދެން މާމުޔާއި ލުނބޯ ހުތްކޮޅު އަޅައިގެން އެއްކޮށްލާށެވެ. އެއަށް ފަހު މޫނުގައި އުނގުޅާށެވެ. ގާތްގަނޑަކަށް 20 މިނެޓު މި މާސްކް މޫނު މަތީގައި ބަހައްޓަންވާނެ އެވެ. އެއަށްފަހު ތާފަނާ ފެންކޮޅަކުން މޫނު ދޮވެލާށެވެ.

ޗިއާ ސީޑް އާއި ޔޯގަޓް ފޭސްމާސްކް

  • 2 ސައިސަމުސާ ޗިއާ ސީޑް
  • 2 ސައިސަމުސާ ޕްލެއިން ޔޯގަޓް
  • 1 ސައިސަމުސާ ރީނދޫ

މި ރެސިޕީއަށް ފޭސް މާސްކް ހެދުމުގެ ގޮތުން ކުޑަ ފެން ފޮދެއްގައި ގާތްގަނޑަކަށް ގަނޑިއިރެއް ވާންދެން ފޯކޮށްލާށެވެ. ޗިއާ ސީޑުތައް ޖެލްއަށް ބަދަލުވުމުން ދެން ޔޯގަޓާއި ރީނދުލާ އެއްކޮށްލުމަށް ފަހު މޫނުގައި ހާކާށެވެ. ގާތްގަނޑަކަށް 20 މިނެޓު ބެހެއްޓުމަށް ފަހު ފިނި ފެނުން މޫނު ދޮވެލާށެވެ.

ހަމުގެ ހާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި ޗިއާ ސީޑަކީ ހަށިގަނޑަށް ހުރިހާ ގޮތަކުން ވެސް ފައިދާހުރި އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ އެތައް މުހިންމު މާއްދާއެއް މީގެން ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!