ގޭތެރޭ ގަސް ބެހެއްޓުމަކީ އިންސާނާގެ ދުޅަހެޔޮކަމަށް ވެސް ފައިދާ ހުރި ކަމެއް
އެކި ކަހަލަ ރީތި ގަސް ޕޮޓްތައް ގޭތެރޭގައި ބެހެއްޓުމަކީ ޓްރެންޑެކެވެ. ގޭތެރެ ޒީނަތްތެރި ކުރުމަށް އެކި ބާވަތުގެ މާ ޕޮޓްތަކަށް ވުރެ ގަސް ޕޮޓް އުޅެނީ މާ ކުރީގައެވެ.
ގޭތެރެ ޒީނަތްތެރިކުރަން ބަހައްޓާ ގަހަކީ ހަށިގަނޑަށް ވެސް ފައިދާ ހުރި އެއްޗެއްކަން އެނގޭ ހެއްޔެވެ؟
ގަހަކީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ވަރަށް ފައިދާ ހުރި އެއްޗެއްކަން ސައިޓިފިކް ދަލީލުތަކުން ދައްކައެވެ. ގަހުގެ ސަބަބުން ޑިޕްރެޝަންއާއި އެންޒައިޓީ އަދި މޫޑް ޑިސްއޯޑާގެ އަލާމާތްތައް ދަSށްކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.
ޔޫކޭ ހެލްތު އެންޑް ސޭފްޓީ އެގްޒެކިއުޓިވް (އެޗްއެސްސީ)އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ގޭތެރޭގައި ނުވަތަ އޮފީސް މޭޒުމަތީގައި ބަހައްޓާ ކުޑަކުޑަ ގަހަކުން ވެސް އެމީހެއްގެ ވިސްނުން ތޫނުފިލިކޮށްދެއެވެ.
އަދި އެމީހަކު އެ ކުރާ ކަމަކަށް ޝައުގުވެރިވާ މިންވަރު 20% އިތުރުވާ ކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ. އޭގެ އިތުރުން ކަންކަން ހަނދާނުގައި ބެހެއްޓުމަށާއި ކަންކަމަށް ކޮންސެންޓްރޭޓް ކުރުމަށް ވެސް ގަސް އެހީވެދެއެވެ.
މިހެން ވަނީ، ގަހުގެ ސަބަބުން ކާބަންޑިއޮކްސައިޑް ދަށްވެ، އެތަނުގެ ވައިގެ ކޮލިޓީ ރަނގަޅުވުމުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ގަހަކީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދޭ އެއްޗެއް ކަމަށް ވެސް ގިނަ ބަޔަކު އެ ދިރާސާގައި އިއްތިފާގުވެފަ އިވެއެވެ. އެހެންކަމުން ގޭތެރޭގައި ގަސް ބެހެއްޓުން ވެފައި ވަނީ ގޭތެރޭ ޒީނަތްވުމުގެ އިތުރުން އިންސާނާގެ ވިސްނުމަށް ވެސް ފައިދާ ހުރި ކަމަކަށެވެ.
