ޚަބަރު ސަރުކާރު

ފުލެޓް ލިބުނު 3880 ފަރާތުން ފުލެޓް އެއްބަސްވުމުގައި ސޮއިކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފަހި ދިރިއުޅުން ފުލެޓް / ފޮޓޯ: ދެން މީޑިއާ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، 3880 ފަރާތުން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by STELCO

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި މަޢުލޫމާތު ހާމަކޮށްފައި ވަނީ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ. ފްލެޓްތައް ލިބުނު ފަރާތްތައް އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި ސޮއި ކޮށްފައިވާ ފަރާތްތަކަށް ޑިޕޮސިޓް ފައިސާ ދެއްކުމަށް އެންގެމުންދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ޑިޕޮސިޓް ފައިސާ މިހާތަނަށް 1000 ފަރާތަކުން ދައްކާފައިވާ ކަމަށާއި އެ ފަރާތްތަކަށް ފުލެޓުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، އެންމެ ފުރަތަމަ ، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ އެޕާޓްމަންޓުތައް ލިބުނު ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކަށް 2026ވަނަ އަހަރު ފެށުމުގެ ކުރިން މީހުން ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިއީ މާލެ ސަހަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ލިބި، އެ މައްސަލަތަކަށް ލުއި ގެނެސްދޭނެ މަޝްރޫއެއްކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއު ނިމި، ފުލެޓްތައް ހަވާލުކުރެވުމުން މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބިގެންދާނެކަމަށް ވެސް ސަރުކާރު ވަނީ ވިދާޅުވެފައެވެ.

Ads by HDC