ޚަބަރު އިޖުތިމާޢީ ސަރުކާރު

ޢިލްމީ ވަޞީލަތްތަކާ އެކު ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޝަހީދު ޢުމަރު އަޙްމަދު މިސްކިތް / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ހއ. ދިއްދޫގައި ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒު މިއަދު ހުކުރު ނަމާދަށް ރަސްމީކޮށް ހުޅުވައިފިއެވެ.

Ads by STELCO

މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމަނިކުފާނު ވަނީ އެ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރައްވައިފައެވެ.

މި މަރުކަޒަށް ނަންދީފައި ވަނީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށްދިން އުދުވާނީ ޙަމަލާގައި ޝަހީދުވި، އޭރު މާލޭގެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޢުމަރު އަޙްމަދަށް ނިސްބަތްކޮށެވެ. އޭނާއަކީ ހއ. ދިއްދުއަށް ނިސްބަތްވާ މީހެކެވެ.

ޝަހީދު ޢުމަރު އަޙްމަދު މިސްކިތުގައި އެއްފަހަރާ 1500 މީހުންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެ ކަމަށާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމާއި 2 ސެމިނަރ ރޫމް އަދި އޮފީސް ޖާގައެއް ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައިވެއެވެ.

މި މަރުކަޒު ބިނާކޮށްފައި ވަނީ ދިއްދޫގައި ބިން ހިއްކާ އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގައެވެ. ދިއްދޫގައި މި ވަގުތު ޖުމްލަ 6 މިސްކިތާއި ހުކުރުކުރެވޭ ގޮތަށް ޖާގަ ބޮޑު 3 މިސްކިތް ހުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!