ޚަބަރު އިޖުތިމާޢީ

މަސްތުވާތަކެއްޗާ އެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެއްޗާ އެކު 23 އަހަރުގެ ޒުވާނަކު ހުޅުމާލެ ފޭސް 1އިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރަށް ގެންދެވުނީ، މާލެ / ހުޅުމާލެ ފްލެޓް، 03-2-161، މުޙައްމަދު ޝައިޙާން (23އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އޭނާ ހައްޔަރުކުރެވުނީ މި މަހުގެ 29ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން އެ ވަގުތު އޭނާ ދުއްވަމުންދިޔަ ސައިކަލުގެ ދުވެލި ދާރުކޮށް ފުލުހުންނަށް ފިލަންއުޅޭކަމަށް ފާހަގަކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރުމުން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާތީކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!