ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕޭނު މެނޭޖަރަކީ ފަލާހު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހަމަޖައްސައިފިއެވެ.

Ads by STELCO

އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ފަލާހު، ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަމަށް ހަމަޖައްސައިފައިވާކަން އެ ޕާޓީން ހާމަކުރީ އިއްޔެއެވެ.

އަންނަ މާޗު މަހުގެ 28ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން އަދި ކަނޑައަޅައިފައެއް ނުވެއެވެ. އިންތިހާބަށް ކުރިމަތިލާން އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވައިލާނީ ޖެނުވަރީ މަހުގެ 17ވަނަ ދުވަހުއެވެ.

އީސީން ވަނީ އިންތިހާބުގެ ތައްޔާރީތައް މިހާރު ފަށައިފައެވެ. އެގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފައިވާ އިރު، 7000އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން ވަނީ ހުޅުވައިލައިފައެވެ.

މި ދެ އިންތިހާބަށް ނުކުންނަ ކެނޑިޑޭޓުން ކަނޑައެޅުމަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީ އަދި އިއުލާނެއް ނުކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!