Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

މިދިޔަ އޮފް ސީޒަން ؛ 10 އަހަރު ތެރޭ ޓޫރިޒަމް ދެ އަކުރުގެ ކުރިއެރުމެއްގައި

މިދިޔަ  އޮފް ސީޒަން  ؛ 10 އަހަރު ތެރޭ ޓޫރިޒަމް ދެ އަކުރުގެ ކުރިއެރުމެއްގައި

މީގެ 15 އަހަރު ކުރީގައި ރާއްޖެއަަށް އޮފް ސީޒަނެއް ނާދެއެވެ. މުޅި އަހަރު ވެސް އޮންނަނީ ފުލްކޮށެވެ. އެވްރެޖު އޮކިއުޕެންސީއަކީ 80 ޕަސެންޓެވެ. ނަމަވެސް އެނދުތައް ގިނަވެ އައި ވާދަވެރިކަމާއި ދުނިޔެއަށް އައި ބަދަލުގެ ނަތީޖާއަކީ "އޮފް ސީޒަން"ގެ އިހުސާސް ރާއްޖެއަށް ބޮޑު ވެގެން ދިޔައެވެ. މިދިޔަ 2024އަކީ ޓޫރިޒަމް އެންމެ ހީނަރުވީ އެއް އަހަރެވެ. ނަމަވެސް މި އަހަރު ވެގެން މިދަނީ މިދިޔަ 10 އަހަރު ތެރޭގައި ޓޫރިޒަމްގެ އޮފް ސީޒަންގައި އެންމެ ޓޫރިޒަމް ރަނގަޅު އަހަރަށެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 10 އަަހަރުގެ ސެޕްޓެމްބަރު މަހު އެވްރެޖުކޮށް ޓޫރިޒަމްގެ ކުރިއެރުން 7% – 8% ގައެވެ. އަދި އޮކްޓޫބަރު މަހު މިދިޔަ ހުރީ 8.8% – 9.4% ގަ އެވެ. ނަމަވެސް ނޮވެމްބަރު މަހު ބައެއް އަހަރުތަކުގައި %10 އަށް ކުރިއެރުން އިތުރުވެއެވެ. މިދިޔަ 10 އަހަރުތެރޭ ގާތްގަނޑަކަށް ޓޫރިޒަމް ކުރިއެރުން އޮފް ސީޒަންގައި 10 ޕަސެންޓަށް އުފުލިފައިވަނީ 2021 އާއި 2023ގައެވެ. މީގެ ފަހުން އޮފް ސީޒަނެއްގައި ޓޫރިޒަމް ކުރިއެރުން ޑަބަލް ޓިޖިޓްގައި އުފުލިފައެއް ނެތެވެ.

[caption id="attachment_227362" align="alignright" width="300"]<a href="https://dhen.mv/227361/capture-135" rel="attachment wp-att-227362"><img class="size-medium wp-image-227362" src="https://cdn.dhen.mv/wp-content/uploads/2024/06/Capture-13-300x244.jpg" alt="" width="300" height="244" /></a> އެމްއެމްޕީއާރްސީގެ އެމްޑީއަކަށް އައްޔަންކުރި ޝިއުރީ[/caption]

Advertisement
Allied Insurance — Square (box)

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވި ގޮތުގައި އާންމުކޮށް އޮފް ސީޒަންގައި ޑަބަލް ޑިޖިޓް ގްރޯތެއް ނުލިބުނު ނަމަވެސް މި އަހަރު އިތުރުވުމަކީ ބޮޑު ކާމިޔާބީއެކެވެ.

"އާއްމުކޮށް މި ފެންނަނީ ސިންގަލް ގްރޯތް ޑިޖިޓެއް. ނަމަވެސް މި އަހަރު ޑަބަލްވެފައި މިވަނީ. މިއީ ކެމްޕޭންތަކާއެކު އިންޑަސްޓްރީން ކުރި މަސައްކަތުގެ ނަތީޖާ،" ޝިއުރީ ވިދާޅުވިއެވެ.

&nbsp;

<strong>10 އަހަރުތެރޭ ތިން ވަނަ ކުއާޓަރު ގެ ތިން މަހު ޓޫރިޒަމް  </strong>

2015 -  1,232,829
2016 -  1,286,174
2017 - 1,389,542
2018 - 1,484,276
2019 - 1,702,887
2020 - 555,494
2021 - 1,321,936
2022 - 1,675,296
2023 - 1,877,692
2024 - 2,100,000
2025 - 2,014,358

މި ވަރަށް ޓޫރިސްޓުން އައި އަދަދު އިތުރުވިއިރު، ޓޫރިޒަމް އާމްދަނީ މަތިވުމަކީ ޓޫރިޒަމް ސިނާއަތަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓްރީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ލިބުނީ 4.8 ބިލިއަން ޑޮލަރު ކަމަށާނަމަވެސް މި އަހަރު މި އަދަދު އިތުރުވެގެންދާނެއެވެ.

"މި އަހަރު 15.9 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ. މި އަހަރު ބޮޑު އަދަދެއް އިތުރުވެގެންދާނެ. މިއީ އެންމެ ބޮޑު އިތުރުވުން،" ތޯރިގު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް