ޚަބަރު އިޖުތިމާޢީ

ނޮވެމްބަރު މަހަށް ފުވައްމުލަކު ގޭބިސީތަކަށް ފެން ބިލެއް ނުދާނެ: ފެނަކަ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުވައްމުލައް ސިޓީ

ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީއަށް ފެން ފޯރުކޮށްދިނުމަށް ދިމާވި ދަތިތަކާ ގުޅިގެން އެ މަހަށް ބިލު ނުކުރާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

Ads by MPL

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކުރުމަށާއި، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާކަމަށެވެ. އަދި ފެނުގެ ނިޒާމު އަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތުގެ މަޤްސަދަކީ ފުވައްމުލަކުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ފެންވަރު ރަނގަޅު ފެނުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ފެނުގެ ޚިދުމަތަށް ދިމާވި ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ދިނުމަށް ޓަކައި، ފާއިތުވި ނޮވެންބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލުނުކުރާގޮތަށް.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވެއެވެ.

އެ ދަތި އުނދަގޫ ވަގުތުގައި ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކުރާކަމަށާއި ކުރިޔަށް އޮތް ތަނުގައި ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!