އިޖުތިމާޢީ މައުލޫމާތު ލައިފްސްޓައިލް

ދޮންކެޔޮ ތޮށި އެއްލާނުލާ، އެއީ ވަރަށް ފައިދާ ހުރި އެއްޗެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ދޮންކެތޮ ތޮށިގަނޑެއް --

ދޮންކޭލަށް ވުރެ އޭގެ ތޮށިގަނޑުން މާ ގިނަ ފައިދާ ލިބޭކަން އެނގޭތަ؟ ދޮންކޭލަކީ ފައިބަރާއި ޕްޓޭޝިއަމް އެކުލެވޭ މޭވާއެކެވެ. ނަމަވެސް އޭގެ ތޮށީގައި މި މާއްދާތައް އެކުލެވޭ މިންވަރު މާގިނައެވެ.

Ads by STELCO

ޑައިޓީޝަނުން ބުނާ ގޮތުގައި ގާތްގަނޑަކަށް 100 ގްރާމު ދޮންކެޔޮ ތޮށީގައި މަދުވެގެން ތިން ގްރާމާއި ހަތް ގްރާމާ ދެމެދުގެ އަދަދަކަށް ފައިބާ ހުރެއެވެ. އޭގެ އިތުރުން އެއީ ހަޖަމުގެ ނިޒާމަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

އެންމެ ދޮންކެޔޮ ވަކެއްގެ ތޮށިގަނޑެއްގައި 1025 މިލިގްރާމުގެ ޕްޓޭސިއަމް އެކުލެވިގެންވެއެވެ. ޕޮޓޭޝިއަމްއަކީ ހަށިގަނޑަށް ވަރަށް މުހިންމު މިރެރަލެއް އެކުލެވޭ މާއްދާއެކެވެ. އެގޮތުން އެއީ ހިތުގެ ހިނގުމާއި، ނާވް ސިގްނަލްއަށް މުހިންމު މާއްދާއެކެވެ.

އޭގައި އެހެން މުހިންމު މިނެރަލްސް ވެސް ހިމެނެއެވެ. އޭގެތެރޭގައި މެގްނޭސިއަމް އާއި ކެލްސިއަމް ވެސް ހިމެނެއެވެ.

އޭގެ އިތުރުން މިއީ އެންޓިއޮކްސިޑެންޓްސް ވެސް ވަރަށް ގިނައިން ހިމެނޭ އެއްޗެކެވެ. އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދެއެވެ.

އެހެންކަމުން ކެއުމުގައި ދޮންކެޔޮ ތޮށިގަނޑު ވެސް ހިމެނުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އެގޮތުން ސްމޫތީ އާއި، ސޫޕް އަދި ސައި ވެސް ކެއްކިދާނެއެވެ.

  • ސްމޫތީ - ތޮށިގަނޑު ފެނުގައި ކައްކާލުމަށް ފަހު، އެހެނިހެން މޭވާ އާއި ޔޯގަޓް އަދި މާމުއި އަޅައިގެން ގިރާލެވޭނެ
  • ސައި - 10 ވަރަކަށް މިނެޓު ތޮށިގަނޑު ފެނުގައި ކައްކާލުމަށް ފަހު، ފެންގަނޑު ފުރާނައިލައިގެން ބޮވިދާނެ
  • ސޫޕް - ފެނުގައި ވަރަށް ކުޑަކޮށް ތޮށިގަނޑު ކައްކާލުމަށް ފަހު އެ ފެންގަނޑުގައި ސޫޕް ހަދާލެވިދާނެ
  • ޗިޕްސް - ބޭނުން ސައިޒަކަށް ކޮށާލުމަށް ފަހު ބޭނުން ގޮތަކަށް ސީޒަން ކޮށްލުމަށް ފަހު ފިހެލުމުން އެ ލިބުނީ ކްރަންޗީ ސްނެކެއް