ތެތް އިސްތަށިގަނޑާ އެކު ނިދުމަކީ ރަނގަޅު ކަމެއްތަ؟
ނިދުމުގެ ކުރިން ރަނގަޅަށް ފެންވަރާލުމަކީ ހަށިގަނޑަށް އަރާމު ލިބޭ، އަދި ސްޓްރެސް ވެސް ފިލައިދާ ކަމެކެވެ. އެއީ ރަނގަޅު ނިދި ލިބޭ ކަމެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ.
ނަމަވެސް ސުވާލަކީ ބޯ ދޮވުމަށް ފަހު، ތެތް އިސްތަށިގަނޑާ އެކު ނިދުމަކީ ރަނގަޅު ހެއްޔެވެ؟ ސިއްހީ މާހިރުން ބުނަނީ އެއީ އިސްތަށިގަނޑު ހަލާކުވެދާނެ ކަމެއް ކަމަށެވެ. އަދި ބެކްޓީރިއާއާއި ފަންގަލް އިންފެކްޝަން ވެސް އުފެދޭ ކަމެއް ކަމަށެވެ.
ނިއުޔޯކް ސިޓީގެ ބޯޑް ސެޓިފައިސް، ހަމުގެ ޑޮކްޓަރެއް ކަމަށްވާ، ޖުޔާލް އަގަހަރީ ވިދާޅު ވަނީ އިސްތަށިގަނޑުގެ އިތުރުން ހަންގަނޑަށާއި މީހާގެ ސިއްހަތަށް ވެސް އޭގެ ސަބަބުން ގެއްލުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ތެތް އިސްތަށިގަނޑުގެ ސަބަބުން ބާލީސް ވެސް ތެމި، ބޮލާއި ބާލީހުގެ ސަބަބުން ފަންގަސް ހެދުމަށް މަގުފަހިވާނެ ކަމަށެވެ. ބާލީސް ތެމުމުގެ ސަަބަބުން ނުބައި ވަސް ދުވައި، ބެކްޓީރިއަލް އިންފެކްޝަންތަކަށް ވެސް މަގުފަހިވާނެއެވެ.
އޭގެ އިތުރުން ތަލައިގައި އެކި ކަހަލަ އެހެން އިންފެކްޝަންތައް ހެދުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މެލެސީޑިއާ އަދި ބޮލުން ހަންފޮޅޭ ފަދަ އިންފެންޝަންތައް ޖެހިދާނެއެވެ.
ކެމިކަލް ބޭނުންކޮށްގެން ހެއާ ޓްރީޓްމެންޓް ނަގާ ފަރާތްތަކަށް މިކަމުގެ ނުރައްކާ މާބޮޑެވެ. އިސްތަށިތައް ބިނދުމާއި، އިސްތަށި ފޭބުން އިތުރުވުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ތެތް ބޮލާ އެކު ނިދާ މީހުންނަށް މިއީ މުހިންމު މައުލޫމާތެކެވެ. އެހެން ވަގުތުތަކުގައި ވެސް ބޯ ދޮވެގެން އައިސް ބާލީހުގައި ނުވަތަ ގޮދަޑި، ސޯފާ ފަދަ ހާއްސަކޮށް މަޑު ތަންތަނުގައި ބޯ އަޅައިގެން ތިބުމަކީ ރަނގަޅު ކަމެއް ނޫނެވެ.
