ޚަބަރު

ބޯކޮށް ވާރޭވެހި ތިނަދޫ މަގުތަކުގައި ފެން ބޮޑުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ގދ. ތިނަދޫ ސިޓީ / ފޮޓޯ: ޤައުމީ ދިފާއީ ބާރު

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގދ. ތިނަދޫ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެއެޖެއެވެ.

Ads by STELCO

ޤައުމީ ދިފާއީ ބާރުން ބުނީ، ތިނަދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ދިފާއީ ބާރުގެ ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ސިޓީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ޕަންޕުގެ އެހީގައި ބޮޑު ބަޔަކުން ފެން ހިނދާފައިވާ ކަމަށާއި ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައެވެ. ހަމައެހެންމެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!