ލައިފްސްޓައިލް

އެކުވެރިޔާތަ؟ ނޫނީ ލޯބިވެރިޔާތަ ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި އެކުވެރިކަމަކީ ވަރަށް މުހިންމު ގުޅުމެކެވެ. އަދި ހަމައެހެންމެ ދިރިއުޅުމުގައި ލޯބިވެރިޔާ އަކީވެސް ވަރަށް މުހިންމު ބައެކެވެ. އެހެން ނަމަވެސް ސުވާލަކީ ލޯބިވެރިޔާތޯއެވެ؟ ނޫނީ އެކުވެރިޔާތޯއެވެ؟

Ads by STELCO

ދިރިއުޅުމުގެ ބައެއް ކަހަލަ ޙާލަތް ތަކަކީ އެކި ކަހަލަ ނިންމުންތައް ނިންމުމަށް ވަރަށް ދަތި ޙާލަތްތަކެވެ. އެގޮތުން މީ އެފަދަ ޙާލަތެކެވެ. ނިންމޭ ނިންމުމަކުން ތިމާގެ މުޅި ޙަޔާތް ބަރުބާދު ވެސް ވެދާނެއެވެ. އަދި ހަމައެހެންމެ ދިރިއުޅުން އުޖާލާ ވެސް ވެދާނެއެވެ. އެހެނަށް އެއީ ތިމާ ނިންމާ ނިންމުމަކުން ވާނޭ ދެގޮތެވެ.

ލޯބިބެރިޔާއަށް ލޯބި ހާމަ ކޮށްދިނުމަށް ބުނިހާ ކަމެއް ކުރުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ހަމަ އެބީދައިން އެކުވެރިޔާ ބުނާ ކޮންމެ ކަމަކީ ރަނގަޅު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް މީގައި ވިސްނަންވީ ކަމަކީ ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް ވުރެން ދެތިން އަހަރުވީ ތިމާގެ ލޯބީގެ ގުޅުން މާ ވަރުގަދަތޯއެވެ؟ އެދެމީހުން ތެރެއިން ވެސް ތިމާ އެންމެ ރަނގަޅަށް ދަސްކޮށްފައި ވަނީ ކާކުތޯ ބެލުމެވެ.

ހަގީގަތުގައި އެއްވެސް ގުޅުމެއް ގޯހެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެންނަ މަންޒަރަކީ، ލޯބިވެރިޔާ ބުނާ ބުނުމަށް އިޖާބަދީ ތިމާގެ ޒަމާންވީ އެކުވެރިކަމަށް “ފުލުސްޓޮޕެއް”ގެންނަ މަންޒަރެވެ. އެހެނަސް ފަހުން އެކަމާ ހިތާމަކުރާ މީހުން މަދެއް ނޫނެވެ. ހަގީގަތުގައި އެއްވެސް ކުށަކާ ނުލާ އެ ގާތް ރަހުމަތްތެރި ކަމުގެ ގުޅުމަށް ނިމުމެއް ގެންނަން ބުނާނީ ވެސް ރަނގަޅު ލޯބިވެރިއެއް ނޫނެވެ.

ތިމާ ފުރިހަމަ މީހަކަށް ހަދައިދިނުމުގައި އެންމެ ބޮޑު އެހީއެއް ވެދިން މީހާގެ އަތުގައި ދަތް އެޅުމުން ދެން އަނެއް މީހާއަށް ކުރާނެ އަސަރު ތަސައްވަރު ނުކުރެވޭނެއެވެ. އެކުގައި ކުރިހާ މަޖާތަކާއި، ޖެހިހާ ސަކަރާތްތައް އަބަދުމެ ހިތުގައި ބިންވަޅު ނެގިފައި ވާނެއެވެ. އެދުވަހުން އަނެކާ ތިމާއަށް މަޢާފު ކޮށްފާނެއެވެ. އެހެނަސް އަނބުރާ އަންނާކަށް ބޭނުމެއް ނުވާނެއެވެ. އެއީ ތިމާގެ ޒަމާންވީ އެކުވެރިކަމަށް ވުރެން ތިމާގެ ލޯބި ތިމާއަށް މާ މުުހިންމު ވީމައެވެ.

ރަނގަޅު ޙަޔާތެއް ފެށުމަށް ލޯބިވެރިޔާ އެކަނި މުހިންމެއް ނޫނެވެ. ރަނގަޅު ހެޔޮލަފާ ރަހުމަތްތެރިއެއް ވެސް ހަމަ އެހާމެ މުހިންމެވެ. އެހެންކަމުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެކުވެރިކަމަށް ވުރެން ލޯބިވެރިޔާ އާއި އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް ނޫނެވެ. ތިމާގެ ލޯބިވެރިޔާ ތިމާ ދޫކޮށްލާ ހިސާބުން ދެން ތިބާގެ އަތުގައި ހިފާ ކޮޅަށް ނަގަން ހުންނާނީ ވެސް ހަމަ އެ އެކުވެރިޔާއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!