ޚަބަރު

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހުޅުމާލޭގައި ރޭ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން --

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ރޭ ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް، ބިދޭސީ މީހަކު ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަނުގައި ހުޅުމާލެ އެއްވަނަ ފިޔަވަހީގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު ތިން ބިދޭސީއަކަށް ނޯޓިސް ދީފައިވާ ކަމަށް އެ ޚިދުމަތުން ބުނެއެވެ.

އިމިގްރޭޝަން ޓާސްކްފޯހުން ކުރަމުންދާ މަސައްކަތުން، މިދިޔަ އާދީއްތަ ދުވަހު ގަވާއިދާ ހިލާފަށް ބިދޭސީން ކާބޯތަކެތި ހަދާ ތަނަކާއި، ހަތަރު އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށް، 18 ބިދޭސީން ވަނީ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ބަލައިފާސްކުރި ކާބޯތަކެތި ހަދަމުންދިޔަ އެ ތަނުގައި ބަދިގެ ހަދައިފައި ހުރީ ފާހާނާތެރޭގައެވެ. ކާބޯތަކެތި ބަންދުކުރަމުން ދިޔައީ އެމީހުން ނިދާ ކުޑަ ކޮޓަރީގައެވެ.

ބިދޭސީން ހިންގާ މި ފަދަ އެތައް ތަނެއް އިމިގްރޭޝަނުން މިހާރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އަދިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ދަނީ ދިވެހިން އާންމުކޮށް ކާބޯތަކެތި ތައްޔާރުކޮށް، ވިއްކަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!