ޚަބަރު

ރަށު ކައުންސިލްތަކަށް 629 އަދި ސިޓީތަކަށް އިންތިހާބު ކުރާނީ 52 ކައުންސިލަރުން

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މީގެ ކުރިން އީސީން ބޭއްވި އިންތިހާބެއްގެ ތެރެއިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު މިއަދު އާންމުކޮށްފިއެވެ.

Ads by MPL

ވަގުތީ ރިޕޯޓުގައިވާ ގޮތުގައި، 179 ދާއިރާއަކަށް ޖުމްލަ 629 ރަށު ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ. އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް ރަށްރަށުން 629 މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، ސިޓީތަކަށް 52 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު، 2000އިން މަދު އާބާދީތަކުގެ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ ތިން ކައުންސިލަރުންނެވެ. އެއަށް ވުރެ ބޮޑު އާބާދީތަކަށް އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.

  • 2000 މީހުންނަށް ވުރެ ކުޑަ އާބާދީތައް - 133 ރަށެއްގައި 399 ކައުންސިލަރުން އަދި 399 ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރަން ޖެހޭ
  • 2000 އަށް ވުރެ ބޮޑު އާބާދީތައް - 46 ރަށެއްގައި 230 ކައުންސިލަރުން އަދި 230 ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރަން ޖެހޭ

ސިޓީތަކަށް މެންބަރުން އިންތިހާބު ކުރުން 

  • ކުޅުދުއްފުށި އަދި ތިނަދޫ ސިޓީ - ކޮންމެ ދާއިރާއަކަށް 7 ކައުންސިލަރުން
  • ފުވައްމުލަކު ސިޓީ - އެ ސިޓީގައި އަށް އަވަށް އޮންނައިރު ކޮންމެ އަވަށަކަށް 1 ގޮނޑި ޖެހޭ ގޮތަށް ކައުންސިލް މޭޔަރާއެކު 9 ގޮނޑި
  • އައްޑޫ ސިޓީ - ހުޅުދޫ އާއި މީދޫ ވަކިކޮށްފައިވާތީ، ކައުންސިލް މޭޔަރާ އެކު 11 ގޮނޑި
  • މާލެ ސިޓީ - ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި މެންބަރުން އިންތިހާބު ކުރި އަދަދަށް، 17 ކައުންސިލް ގޮނޑި އާއި މޭޔަރު - އެހެންކަމުން ޖުމްލަ 18 ގޮނޑި

އިލެކްޝަން ކޮމިޝަން (އީސީ)އިން ވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައިފައެވެ.

Ads by Ooredoo