Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެފްޑީސީގެ ޓަވަރެއްގައި ވެސް ޖީޕީ ކްލިނިކްއެއް ގާއިމުކުރަނީ

އެފްޑީސީގެ ޓަވަރެއްގައި ވެސް ޖީޕީ ކްލިނިކްއެއް ގާއިމުކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގެ ފޭސް ދޭއްގައި ތަރަައްގީކުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގައި ޖެނެރަޕް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކްއެއް ގާއިމުކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެފްޑީސީއާއި އަދި ހުޅުމާލެ ހޮސްޕިޓަލާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ސިޓީ އޮފް ގްރޫޕް އެންޑް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގްއެވެ.

Advertisement
Allied — Dhen Online (box)

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ހަލީމް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމުކުރާނީ އެފްޑީސީން ތަރައްގީކުރި އަމާން އުދަރެސް ޓަވަރު 6ގައި ކަމަށެވެ.

އަމާން އުދަރެސްގައި ގާއިމުކުރާ ޖީޕީ ކްލިނިކްއަކީ މާލެ ސަރަހައްދުގައި ގާއިމުކުރަން ނިންމައިފައިވާ ހަ ޖީޕީ ކްލިނިކްގެ ތެރެއިން އެއް ކްލިނިކެވެ.

އޭގެ ތެރެއިން ފުރަތަމަ ކްލިނިކް މާފަންނުގައި ހުޅުވޫ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ސަރުކާރުން ނިންމައިފައި ވަނީ މާލޭގެ ހަތަރު އަވަށާއި ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ޖީޕީ ކްލިނިކް ގާއިމުކުރުމަށެވެ.

ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާ އިރު، ކުރިއަށް އޮތް 2026ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިފައިވާ ދާއިރާއަކީ ވެސް ސިއްހީ ދާއިރާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް