ޚަބަރު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަކީބު އައްޔަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަންކޮށްފިއެވެ.

Ads by MPL

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނިސްރީން މިދިޔަ މަހުގެ 29ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޕްރައިވަޓައިޒޭން އެންޑް ކޯޕަރަޓައިޒޭޝަންއިން މިއަދު އެކްސްގައި ބުނީ އެ މަގާމަށް އަހުމަދު ޝަކީބު އައްޔަންކޮށްފައިވާ ކަމަށެވެ.

ޝަކީބަކީ ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅައިދީފައިވާ ބޭފުޅެކެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިންޓަވިއުކުރައްވައި ރައީސް އޮފީހުން ގެނެސްދެމުންދާ "ރައްޔިތުންނާ އެކު"ގެ ޕޮޑްކާސްޓު ވެސް ހުށަހަޅުއްވަނީ ޝަކީބުއެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް ޝަކީބު 35 އަހަރު ހިދުމަތް ކުރައްވައި މިދިޔަ އަހަރު ރިޓަޔާ ކުރެއްވި އިރު ހުންނެވީ ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.