ޚަބަރު

ގަވާއިދާ ހިލާފަށް ހިންގާ އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ފަށާފައިވާ މަަސައްކަތުގެ ތެރެއިން އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފިއެވެ.

Ads by STELCO

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ މާލޭގެ 08 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ނޯޓިސްއާއެކު ދެ ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިގްތިސާދީ ވުޒާރާއިން ނޮވެންބަރު 27ގައި ކުރި އިއުލާނާ ގުޅިގެން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ޓަކައި ގައުމީ ފެންވަރުގައި އެކުލަވައިލައިފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by HDC
  1. ނޭނގޭ

    ސަފާރީތައް ވެސް ބަލާ ޗެކު ކުރަންވެއްޖެ ޔޫރަޕް މީހުންވެސް އެބައުޅޭ ނުގަވައިދުން