ލައިފްސްޓައިލް

“ކޮބާ ކައިވެނި ސައި ދެނީ ކޮންއިރަކުން؟” ފެންނަ ކޮންމެ ފަހަރަކު މިހެން އަހަނީ ކީއްވެގެންތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮބާ ކައިވެނި ސައި ދެނީ ކޮން އިރަކުން؟”މިއީ އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގައި ގިނަ ބަޔަކު އަޅުގަނޑުމެނާ ކުރާ ސުވާލެކެވެ. އުމުރުން ކިރިޔާ 18 އަހަރު ވާއިރަށް މިސުވާލު ތަކާއި އަޅުގަނޑުމެން ކުރިމަތިލާން ޖެހެއެވެ. އެންމެ ފަހަރަކު ނަމަވެސް ކައިވެނި ސައިގެ ބަދަލުގައި ހަވީރު ސައި ނެތް ހެއްޔޭ އަހާލަ ބަލާށެވެ. ބަނޑު ފުރޭ ވަރަށް ސައި ދެވިދާނެއެވެ.

Ads by STELCO

މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ؟ ކައިވެނި ކުރުމުގެ އިތުރުން ކުރާނެ ކަންކަން ހުސްވީއެއް ނޫން ވިއްޔާއެވެ. 18 އަހަރުވާ އިރަށް ކައިވެނި ކުރުން މަޖުބޫރު ނަމަ އެސުވާލު ކުރުން އެންމެ ރަނގަޅެވެ. 18 އަހަރުގައި ކައިވެނި ނުކޮށްފިއްޔާ ދެން ކައިވެނި ނުކުރެވޭ ހީވާ ކަހަލައެވެ.

ކައިވެނި ކުރުމުގެ ކުރިން ޙަޔާތުގައި ތަސައްވަރު ކޮށްލަން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. އެހެނީ ކައިވެނި ކުރުމަށްފަހުވެސް ނުކުރެވޭނެއެކޭ ނޫނެވެ. ނަމަވެސް ކައިވެންޏަކީ ތިމާ ތަސައްރަފު ފުދުނު ނަމަވެސް އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭ މީހަކަށް ވުން ވެސް ލާޒިމް ކަމެކެވެ.

އެންމެ ރަނގަޅެވެ. ކައިވެނި ކުރެވިދާނެއެވެ. އެއަށް ފަހު ދެން އަންނަ ސުވާލު އަދި މާ ބޮޑެވެ. “ކޮބާ ދަރިއަކު ހޯދާކަށް ނުވޭތަ؟” މީހަކު އަންތަރީހެއް ނުވާނެ ހެއްޔެވެ؟ މިހުންނަނީ ތިމާގެ “ޕާސަނަލް” ކަންތައްތަކެވެ. ދަރިއަކު ހޯދުމަކީ ކައިވެނި ކުރުމަށް ވުރެން އަދި މާ ބޮޑު ޒިންމާ އެކެވެ. މިފަދަ މޭރުމަކުން ސުވާލު ކޮށްލާ އިރުގައި، ކައިވެނި ކުރުމުގެ ބޭނުމަކީ ދަރިއަކު ހޯދުން ކަމުގައި ހީވާ ކަހަލައެވެ.

އާދޭހެވެ. ކައިވެނި ކުރަންވީމާ ކައިވެނި ކުރާނަމެވެ. އެދުވަހުން މީހަކު ކައިވެނި ނުކޮށް ތިހުންނަނީ ކީއްވެގެންތޯ އަހާކަށް ވެސް ނުޖެހޭނެއެވެ. އުމުރުން ކިތަންމެ ހަގު އުމުރެއްގައި ކައިވެނި ކުރި ކަމުގައިވީ ނަމަވެސް ޙަލާލު ގޮތުގައި ކުރެވޭ ކައިވެނި ވާނީ ހަމަ ކައިވެންޏަކަށް ނޫންތޯއެވެ؟ އެދުވަހުން ސައި ކީއްކުރަންތޯއެވެ؟ ބަނޑު ފުރެންދެން ކެއުން ވެސް ދީފާނަމެވެ.

ކައިވެނި ކުރުމަކީ ކައިވެނި ކުރާ ދެމީހުންނަށް ވެސް ކައިވެނި ކުރުމުގެ ޤާބިލިއްޔަތުކަން ލިބުމުން އެ ދެފަރާތުންނާއި އެ ދެފަރާތުގެ އާއިލާއިން ކުރަން ނިންމާ ނިންމުމެކެވެ. ފަހަރުގައިވެސް އެހެން މީހުން ބުނުމުން ކުރަންޖެހޭ ކަމެއް ނޫނެވެ.

Ads by Allied Insurance
  1. އިންސާފު

    އާން މިހާރުދެން ރައްޓެއްސަކު ރައްޓެއްސަކާ ކޮށްލަން ކަމުދާ ސުވާލެއްވެސް ނުހުރޭ. ހަމަގައިމުވެސް ފެންނަހާމީހަކު ތިފަދަ ސުވާލުތަކެއް ނުކުރާނެ. ކޮންމެހެން ސައިބޯހިތުން ކުރާ ސުވާލެއްނޫން އެއީ، ކުދިންނޭ. އެންމެ ބުއްދިވެރި ރީތި ގޮތަކީ އެފަދަ ސުވާލުތައް ކުރުމުން އެއީ ތިމާއަށް ހެޔޮގޮތް އެދޭތީ ކުރާ ސުވާލުކަން ގަބޫލުކޮށް ހެޔޮހިތހުން ތެދުވެރިކަމާއެކު ޖަވާބުދިނުން. ކުރިއަށްއޮތްތަނުގަ އެފަދަ މީހެއްގެ ކިބައިން މިފަދަ ކަމަކަށް އެހީއަކަށްވެސް އެދެން ޖެހިދާނެކަންވެސް ހަނދާން ކުރަންޖެހޭ.