Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވަންދޫއިން މަސްތުވާތަކެއްޗާ އެކު ފުލުހަކު ހައްޔަރުކޮށްފި

ވަންދޫއިން މަސްތުވާތަކެއްޗާ އެކު ފުލުހަކު ހައްޔަރުކޮށްފި

ތ. ވަންދޫން މަސްތުވާތަކެއްޗާ އެކު ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެރަށު ބަނދަރުމަތިން މިއަދު ހައްޔަރުކޮށްފައި ވަނީ ތ. ހިރިލަންދޫ، މުހައްމަދު ނަވާޒު (25އ)ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ނަވާޒާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ގެންގުޅުނު ޓެޑީބެއާއެއްގެ ތެރޭގައި އެއްޗެއް ފޮރުވުމަށް ފަހައިފައިވާކަން ފާހަގަވެގެން، އޭތި ފަޅައިލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި ނަވާޒް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް