ސިޔާސީ

ނަޝީދުގެ ވާހަކަތައް ހުރީ ރަލާއި އޫރުމަސް އާންމުކޮށް ވިއްކުމަށް ހިތްވަރު ލިބޭ ގޮތަށް: އަދާލަތު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން

ކ. މާފުށީގައި އޮތް ޙަފްލާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ހުރީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަށް ހިތްވަރުލިބޭ ގޮތަށް ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

Ads by MPL

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަނގުރަލާއި އޫރުމަހަކީ ކީރިތި ޤުރުއާނުގެ ޤަތުޢީ ދަލީލުތަކުން ނަހީކުރައްވައި، ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ތަކެތި ކަމަށާއި މާތްﷲ ޙަރާމް ކުރައްވައިފައިވާ އެއްޗެއް، އަހަރެމެން މުސްލިމުންނަށް އެއިން މަންފާ ޙާޞިލު ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދަލީލާ އެކު ވަނީ އެތަކެތި ވިއްކައިގެން ލިބޭ އާމްދަނީ ޙަރާމްކަން ވެސް ބަޔާންކޮށްދީފައެވެ.

މީގެ އިތުރުން އިސްލާމީ ޝަރީޢަތާއި، ދިވެހި ސަގާފަތާ ކަނޑައެޅިގެން ޚިލާފު ވާހަކަތައް ތަކުރާރު ނުކުރުމަށާއި އެކަމުން ތައުބާވެ ދިވެހިރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ވެސް އަދާލަތުން ވަނީ ރައީސް ނަޝީދަށް ގޮވާލައިފައެވެ.

Ads by Ooredoo