ކުއްލި ހާލަތްތަކަށް ތައްޔާރުވުން ހަރުދަނާކުރަން އެމްއޭސީއެލްއިން ފުލުހުންނާއެކު ފަހުމުނަމާއެއްގައި ސޮއިކޮށްފި
ކުއްލި ހާލަތްތަކަށް ތައްޔާރުވުން ހަރުދަނާކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ދިވެހި ފުލުހުންގެ ހިދުމަތާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އަދި އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.
މިއަދު ސޮއިކުރި ފަހުނާމާއަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރިގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ ފަހުމުނާމާއެެއް ކަމަށް ފުލުހުން ބުންޏެވެ.

