ޚަބަރު

ބީއެމްއެލްގެ ފްލެޓްތައް އަޅަން ޗައިނާގެ ބީޔޫސީޖީއާއި ސިއޭމްއީސީއާ ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއު ޗައިނާގެ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

Ads by STELCO

އޭގެ ތެރެއިން 1,117 ފްލެޓް ހަވާލުކުރީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ތަރައްގީކުރީ މި ކުންފުނިންނެވެ.

އޭގެ އިތުރުން 1,224 ފްލެޓް ހަވާލުކުރީ ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްސީއީސީ) އާއެވެ. މިއީ ވިނަރެސް ހައުސިން ޕްރޮޖެކްޓް ހިންގި ކުންފުންޏެވެ. ގުޅީފަޅާއި ހުޅުމާލެ ފޭސް ދޭއްގެ އިންފްރާސްޓްކުރަކްޗާގެ މަސައްކަތް ވެސް ކުރަނީ މި ކުންފުނިންނެވެ.

ސަރުކާރުގެ ކެބިނެޓުގެ ނިންމުމަކާ ވެސް ގުޅިގެން އެމްއެމްއޭން ބޭންކުތަކަށް ލާޒިމުކޮށްފައި ވަނީ ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ލޯނު ޕޯޓްފޯލިއާގެ %10 އާއި %15 އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ލާޒިމުކޮށްފައެވެ.

މި ނިންމުމުގެ ތެރެއިން ބީއެމްއެލްއިން އާންމުންނަށް މި ފްލެޓްތައް ލީސް ޓޫ އޯން (ކުލި ދައްކައި ހަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން ހުޅުވައިލުމަށެވެ.

  1. ޚޮބަޔ ވެލެމަަ

    ޥިލިމަަލެކޮބަފުލެޓުނަަލަނިިތަ