ޚަބަރު

އައު އަހަރަށް ބާއްވާ ފެސްޓިވަލަށް ހުޅުމާލެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައު އަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލަށް ހުޅުމާލެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި އައު އަހަރުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، އެ ސަހަރައްދުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން، 2025 ޑިސެމްބަރު 31ވަނަ ދުވަހުގެ ރޭ 20:00 އިން ފެށިގެން 2026 ޖަނަވަރީ 01ވަނަ ދުވަހުގެ 01:00 އާހަމައަށް އެ އިވެންޓަށް ސެންޓްރަލް ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ޓްރެފިކަށް ސަމާލުވުމަށާއި އުޅަނދުތައް ޕާކް ކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުގައި ޕާކް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ފެސްޓިވަލުގައި ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ފުޑް ސްޓޯލްތައް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށް މި އިވެންޓު އިންތިޒާމްކޮށްފައިވާ ފަރާތުން ވަނީ ބުނެފައެވެ.

Ads by Ooredoo