Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ވެރިކަން ވައްޓައިލަން މަސައްކަތެއް ނުކުރަން, އެކަމު ބަޔަކަށް 10 މިލިއަން ރުފިޔާ ދިނިން: އުއްޗު

ވެރިކަން ވައްޓައިލަން މަސައްކަތެއް ނުކުރަން, އެކަމު ބަޔަކަށް 10 މިލިއަން ރުފިޔާ ދިނިން: އުއްޗު

އެއްވެސް އިރެއްގައި ވެރިކަން ވައްޓައިލަން މަސައްކަތް ކުރައްވާފައިނުވާނެކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އުއްޗު ވިދާޅުވީ ދިޓީވީ ހިންގަމުންދިޔައިރު އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރު ވައްޓައިލަން ބަޔަކު އުޅުނު ދުވަސްވަރެއް އައި ކަމަށާއި, އެ ގޮތުން އެކަމާ އެހީތެރިވެދެއްވުމަށް އޭނާއަށް ހުށަހެޅުއްވި ކަމަށެވެ.

ނަމަވެސް އެކަމަށް އެހީތެރިވެނުދެއްވާނެ ކަމަށް އެ މީހުން ގާތު ދެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

''އަޅުގަނޑު ބުނިން އެހީއެއް ނުވާނަމޭ ސަރުކާރު ވައްޓައިލާކަށް. އެހެންނަމަވެސް ކަލޭމެން ތަށި ހޯދައިގެން އަންނާށޭ, އިނާމު ދޭނަމޭ ލިބިއްޖެއްޔާ. ދެން އެ ބޭފުޅުންނަށް ވެރިކަން ލިބިގެން ދެ ބޭފުޅަކު ދިޔަ އަޅުގަނޑު އޮފީހަށް. ބުނި މިއައީ އިނާމު ބަލައޭ.'' އޭނާ ވިދާޅުވިއެވެ.

އެ ގޮތުން 10 މިލިއަން ރުފިޔާ ދެއްވި ކަމަށާއި, އެވަރު މަދުކަމަށް އެ މީހުން ބުނި ނަމަވެސް އިތުރު އެއްޗެއް ނުދެއްވާކަމަށް ވެސް އުއްޗު ވިދާޅުވިއެވެ.

އެހެންކަމުން ވެރިކަން ވައްޓައިލަން އެއްވެސް އިރެއްގައި މަސައްކަތް ނުުކުރައްވާ ކަމަށާއި, އެފަދަ ކަމެއް ނުކުރައްވާނެކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް