Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ތަރިޖެހިގެ ހިމާޔަތްކުރަނީ

ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ތަރިޖެހިގެ ހިމާޔަތްކުރަނީ
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ކުޅުދުއްފުށީ ސިޓީ، ތަރިޖެހިގެ ހިމާޔަތްކުރަން އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ. ކުޅުދުއްފުށީ ހަނި ޖާގަތަކުގައި ހުރި ގޯތިތައް ހުސްކޮށް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން ތަރިޖެހިގެ އެ ސިޓީގެ އިސްރަށްވެހީންގެ ޕާކްގެ އިރުމަތީ ހުސްބިމަށް ބަދަލުކޮށް ކައުންސިލުން ނިންމައިފައި ވަނީ އެ ގެ ހިމާޔަތް ކުރާށެވެ. ތަރިޖެހިގެއަކީ އެ ރަށު ޢަލީ މުޙައްމަދު (އަލިބެ) ދިރިއުޅޭ އޭނާގެ މައިންބަފައިންގެ ގެއެވެ. އަލިބެގެ އުމުރު މިހާރު 90އާ ގާތްކުރެއެވެ. އަލިބެ ކުރީން ދެ ކައިވެންޏެއް ކުރި ނަމަވެސް ކުއްޖަކު ނުހުރެއެވެ. އެ ގޭގައި ދިރިއުޅެނީ އެކަންޏެވެ. މިހާރަށް ދިން އިންޓަވިއުއެއްގައި އަލިބެ ކުރިން ބުނެފައި ވަނީ އެކަނިމާއެކަނި އުޅެން ޖެހުމާ އެކު އެ ގެޔަށް ބަދަލުތައް ގެންނަން ނުވިސްނާކަމަށާއި އެއަށް ވުރެ އޭނާގެ މައިންބަފައިންގެ ހަނދާންތައް ދިރިހުރުން އޭނާއަށް މާ މުހިންމު ކަމަށެވެ. [caption id="attachment_304158" align="alignnone" width="376"] އަލިބެ،ގޭގެ ބޭރުގައި އިށީނދެލައިގެން (ފޮޓޯ؛މިހާރު)[/caption] ތަރިޖެހިގެ ބިނާކޮށްފައި ވަނީ އެންމެ އިހުގެ ގޮތަށް ރުކުގެ ލަކުޑިއާއި ބަނބުކެޔޮ ލަކުޑި ބޭނުންކޮށްގެންނެވެ.  އެ ގެއަކީ ދިވެހީންގެ ކުރީގެ ދިރިއުޅުމުގެ އާސާރެކެވެ. އެ ގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ދާންދެން ހުރީ އެ ޒަމާނުގައި ގެންގުޅުނު ތަކެއްޗެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް