Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފި

ބަނގުލަރުގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 10ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަޙައްދުން ހުއްޓުވައި ބަލައި ފާސްކޮށް، 23 ފުޅި ބަނގުރާ ހޯދާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު މީހަކު ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކ. މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް(43އ) އަދި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން(31އ) ކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒުރުކުރުމުން، ނާއިޝް އަދި އިކްރާމް 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އަނެއް ދެ މީހުން، ޝަރުތު ކުރުމަށް ފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް