ޚަބަރު

ލ.ގަމުން ކޮވިޑަށް ފައްސިވީ ސިފައިންނާ އެކަކުވެސް ޑައިރެކްޓް ކޮންޓެކްޓް ވެފައެއް ނުވޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލ.ގަމުން ކޮވިޑް-19 އަށް ފައްސިވީ ސިފައިންނާ , އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓް ވެފައި ނުވާ ކަމުގައި ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

ލ. ގަމުގައި ޓްރެއިނިން ހަދަމުން ދިޔަ 25 ސިފައިން ކޮވިޑް-19 އަށް މިއަދު ވަނީ ފައްސިވެފައެވެ. އެ އެމީހުން ކޭމްޕް ކޮށްގެން ތިބީ ގަމުގެ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށްވާ (ކަށިކޮލި ނުވަތަ ވައިޓްބޭ) ސަރަހައްދުގައެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފައްސިވެފައި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެރޭ ސާމްޕަލް ނެގި 93 މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އެއްވެސް ފަރާތެއް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ގަމުން ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އެ ދެމީހުން ވެސް މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!