މިދިޔަ އަހަރު ނިމުނުއިރު ރިޒާވުގައި 983.04 މިލިޔަން ޑޮލަރު
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވް 983.04މިލިޔަން ޑޮލަރު އުފުލިއްޖެއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޑާޓާ ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނިއިރު ރަސްމީ ރިޒާވް ހުރީ 983.04މިލިޔަން ޑޮލަރުގައެވެ. މި އަދަދު 2024ވަނަ އަހަރުގެ ނިޔަލަށް ހުރީ 673.89މިލިޔަން ޑޮލަރުގައެވެ.
އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވުގައި ޖުމްލަ 244.12މިލިޔަން ޑޮލަރު ހުއްޓެވެ. އެ ބޭންކުން ބުނި ގޮތުން މިދިޔަ އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 231.8މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވް ނޮވެމްބަރު މަހުގައި ހުރީ 226.6މިލިއަން ޑޮލަރެވެ.
ރާއްޖޭގެ ރިޒާވްއަށް ހެޔޮ ބަދަލު އަންނަން ފަށައިފައި މިވަނީ ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުން ލިބޭ ޑޮލަރުން ބައެއް މާރުކުރަން ފެށުމުންނެވެ.

