Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

2 ރަށެއްގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

2 ރަށެއްގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ބާރަށާއި ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ބާރަށުގައި ހޮޓެލް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 71,832އަކަމީޓަރުގެ ބިމެއް ކަމަށާއި ފުނަދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 3ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި އެ ދެ ބިމުގައި ވެސް މަދުވެގެން 50ކޮޓަރީގެ ހޮޓަލެއް ތަރައްޤީކޮށް، ހިންގާ ބަލަހައްޓަންވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

މި ދެ ރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 50އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހޮޓެލް އިމާރާތްކޮށް ނިންމުމަށް 24މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Advertisement
Allied Insurance — Square (box)

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ބީލަމާ ގުޅޭ ލިޔެކިޔުންތައް އަންނަ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 30ވަނަ ދުވަހާ ހަމައަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ލިބެން ހުންނާނެ ކަމަށާއި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ސީދާ ވުޒާރާއަށް ހާޒިރުވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 31ވަނަ ދުވަސް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް