ހުޅުމާލޭގެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ
ހުޅުމާލޭގެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ.
ކަރެކްޝަންސްއިން ބުނީ ނިޔާވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހައިލް (53އ)ކަމަށެވެ.
އޭނާ ނިޔާވީ ސިއްހީ ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއްހާ ދުވަސްވެފައި ވަނިކޮށް ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.
ސުހައިލް ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން މިއަދު ހެނދުނު 9:05ހާއިރުގައެވެ.
އޭނާއަކީ 2025ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.
"ސުހައިލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ." ކަރެކްޝަންސްއިން އިތުރަށް ބުންޏެވެ.

