ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވުން: ނަރުދަމާގެ މައްސަލަ ހައްލުކޮށް ޢާއިލާތައް އާންމު ދިރިއުޅުމަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަލިފާން ރޯވި ސަރަހައްދު --

މިދިޔަ ހުކުރު ދުވަހު ހިޔާގެ ފަސްވަނަ ޓަވަރުގައި އަލިފާން ރޯވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ލިބުނު ގެއްލުންތައް މަރާމާރުކޮށްފިއެވެ.

Ads by STELCO

އަލިފާނުގެ ހާދިސާގެ ސަބަބުން އެ ޓަވަރުގެ މައި ހޮޅިއަށް ގެއްލުންވެ، ފާހާނާ މައްސަލަޖެހި ފެން ލިބުން ވަނީ މެދުކެނޑިފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ)އިން މިއަދު ބުނީ ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، ހުރިހާ އެޕާޓްމެންޓަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން 31 އެޕާޓްމެންޓެއްގެ 148 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން ބުނީ އެމީހުންނަށް ދިން ބޯހިޔާވަހިކަމުގެ މުއްދަތު މިއަދު ހަމަވުމާ އެކު، އަނބުރާ އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާ ކަމަށެވެ.

ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ކެއުމުގެ ކަންކަން ވެސް ހަމަޖައްސައިދީފައި ވަނީ އެ އޮތޯރިޓީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!