Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަހަރު ވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 9އިން މެންދުރު 1އަށް

މިއަހަރު ވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 9އިން މެންދުރު 1އަށް

މި އަހަރު ވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި 2022ގެ މާޗު މަހުގެ 6 އެއްގައި އެކަމާ ބެހޭ ދެންނެވުމެއް ނެރުއްވައިފައި ވެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައި ވަނީ، ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 9:00އިން މެންދުރުފަހު 1:00އަށް ކަމަށެވެ.

Advertisement
HDC — Sidebar (box)

މިދިޔަ އަހަރެކޭ އެއްފަދައިން، ރޯދަ މަހުގެ ފަހު 10 ދުވަސް ވެސް ސަރުކާރު ބަންދުވާނެއެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ބުދަ ދުވަހެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހުގެ ރޭ ރޯދައަށް ހަނދު ސާބިތު ކުރުން އޮންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް