Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގޭ ބަންދަށް ބަދަލުކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގޭ ބަންދަށް ބަދަލުކޮށްފި

ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައީދު އަޙްމަދު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު ގޭ ބަންދަށް ބަދަލުކުރެވުނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާ ގޭ ބަންދަށް ބަދަލުކުރަންޖެހުނީ ޞިއްޙީ ޙާލަތު ހުރި ގޮތުން ކަމަށްވެއެވެ.

2018ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ނިންމާފައި ނުވަނީސް، އެ މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލަ ސައީދުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އަދި އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.

Advertisement
HDC — Sidebar (box)

ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ސައީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް