ޚަބަރު

ބޯކޮށާ ތަނެއްގައި މަސައްކަތްކުރާ ލަންކާ މީހެއް އިސްލާމްވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސ.ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރަމުން އަންނަ ލަންކާގެ ރައްޔިތެއްކަމުގައިވާ ޖަޔަސިންހާ އަރައްޗިގޭ ވަރޫނާ ޝަހާދަތް ކިޔައި އިސްލާމްދީން ޤަބޫލުކޮށްފިއެވެ.

Ads by STELCO

ދީނީ ދަޢުވަތު ފެތުރުމުގައި ހަރަކާތްތެރިވަމުން އަންނަ މިޝްކާތު ފައުންޑޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ވަނީ މިއަދު އިސްލާމް ދީން ޤަބޫލުކޮށްފައެވެ. އަދި އޭނާގެ ނަން ވަނީ ޢަބްދުﷲ އާދަމަށް ބަދަލުކޮށްފައެވެ.

މި ރޯދައިގެ ކުރިން ކ.ދިއްފުއްޓަށް ޒިޔާރަތްކުރި ޔޫރަޕްގެ އަންހެން ފަތުރުވެރިއެއް ވެސް ވަނީ ޝަހާދަތް ކިޔައި އިސްލާމްދީން ޤަބޫލުކޮށްފައެވެ.

Ads by PNC