އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޗެއަޕާސަންކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، އަލްފާޟިލާ ނަޝްވާ އަބްދުﷲ މިއަދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުން މިއަދު އެކްސްގައި ބުނީ ނަޝްވާ ޗެއާޕާސަންގެ މަގާމުގެ އިތުރުން އެފްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ވެސް ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.
ނަޝްވާ އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 2024ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް ހިދުމަތް ކުރެއްވި ނަޝްވާ މީގެ ކުރިން އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުވެސް ފުރައްވާފައި ވެއެވެ.
އެފްޑީސީގެ ބޯޑު އެކުލެވިގެންވަނީ ހަ ބޭފުޅުންގެ މައްޗަށެވެ.