Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ބީއެމްއެލްގެ އެހީ ޑެފް އެސޯސިއޭޝަނަށް

ބީއެމްއެލްގެ އެހީ ޑެފް އެސޯސިއޭޝަނަށް
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސް" އާ ގުޅުވައިގެން ބީއެމްއެލް އިން ހާއްސަ ހަރަކާތްތައް ހިންގައިފިއެވެ. މިގޮތުން ބީއެމްއެލް އިން ވަނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް އަށް ސައިން ލެންޖުއޭޖް ޑިންޝަނަރީ އެއް އުފެއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަންއެއްވެސް މިއަދު ވަނީ މުވައްޒަފުންނަށް ބާއްވާފަ އެވެ. ބީއެމްއެލް އިން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގ ސެޝަން އެއް ބާއްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް