ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކުން މަރުވެފައި އޮތް ބިދޭސީއެއް ފެނިއްޖެއެވެ.

Ads by Allied

ފުލުހުން ބުނި މިއަދު ހަވީރު 16:41ގައި އެކަމާ ގުޅޭ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މަރުވެފައި ވަނީ ބިދޭސީ ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ އަދި ކާކުކަމެއް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގް ކުރަމުންނެވެ.