ޚަބަރު

ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކަނޑުމަތީގެ ހާދިސާއެއްގައި ފުލުހުން ހަރަކާތްތެރި ވަނީ / ފޮޓޯ: ފުލުހުންގެ ޚިދުމަތް

ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި އޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން، ސަލާމަތީ ބާރުތަކުން އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ފަސް މީހުން ދަތުރުކުރަމުން ދިޔަކަމަށާއި ކަނޑުވި މީހުންގެ ތެރެއިން ސަލާމަތްކުރެވުނު ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ގެއްލިފައިވާ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންގެ ޚާއްޞަ ޓީމަކުން ކަނޑުގެ ސަރަޙައްދު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!