ޚަބަރު

ހަނގުރާމައާ ގުޅޭގޮތުން ޒިންމާދާރުކަމާއެކު ހަބަރުތައް ގެނެސްދިނުމަށް މީޑިއާތަކަށް ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން--

ހަނގުރާމައާ ގުޅޭގޮތުން ޒިންމާދާރުކަމާއެކު ހަބަރުތައް ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން މީޑިއާތަކަށް މިއަދު ގޮވާލައިފިއެވެ.

Ads by Allied

އިސްރާއިލާއި އެމެރިކާ ގުޅިގެން އިރާނަށް ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. ހަނގުރާމަ ހުއްޓުމުގެ ކޮޅުމަތި ނުފެންނައިރު ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެކަމަށް ވެސް މިހާރު ވަނީ ބެލެވިފައެވެ.

އެމްއެމްބީސީން މިރޭ ނެރުނު ބަޔާނުގައި ވަނީ ހަނގުރާމަ ހިނގަމުންދާ މި ދުވަސްވަރު ހާއްސަކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑު"އާ އެއްގޮތަށް ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ސުލޫކީ މިންގަނޑުގައި ފާހަގަކޮށްފައިވާ ތިން މާއްދާއަކަށް ވަކިން ހާއްސަކޮށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެ މާއްދާތަކުގެ ތެރޭގައި :

  • ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން.
  • ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ އެކި ކޮންޓެންޓް ހިމެނުމުގައި އެކި ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް ގެނެސްދިނުން.
  • އަސްލާ އެއްގޮތަށް މެނިޕިއުލޭޓްކޮށްފައިވާ އަދި ފެބްރިކޭޓްކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން.