Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޯހިޔާވަހިކަމަށް ހުށަހަޅާއިރު ނުކުޅެދުންތެރިކަން ހުންނަކަން ސާބިތުކޮށްދޭން އެންސްޕާގެ ކާޑުގެ ކޮޕީ ހުށަހެޅޭނެ

ބޯހިޔާވަހިކަމަށް ހުށަހަޅާއިރު ނުކުޅެދުންތެރިކަން ހުންނަކަން ސާބިތުކޮށްދޭން އެންސްޕާގެ ކާޑުގެ ކޮޕީ ހުށަހެޅޭނެ

ބޯހިޔާވަހިކަމަށް ހުށަހަޅާއިރު ނުކުޅެދުންތެރިކަން ހުންނަކަން ސާބިތުކޮށްދޭން އެންސްޕާއިން އެ ފަރާތްތަކަށް ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭނެކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް"ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން"ޕުރޮގުރާމުގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"އަށް ވަކިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހު އޮތީ ހުޅުވާލައިފައެވެ.

ނަމަވެސް އެކަމަށް އެދި ހުށަހަޅާއިރު ނުކުޅެދުންތެރިކަން ސާބިތުކޮށްދިނުމުގެ އެކި ފަރާތްތަކަށް ވަނީ އޮޅުން އަރައިފައެވެ.

Advertisement
Ooredoo — Truecaller (box)

އެކަމަށް ރިއާޔަތްކޮށް ހައުސިން މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން ސާބިތުކޮށްދިނުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭނެ ކަމަށެވެ،

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއިން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30ވަނަ ދުވަހުގެ 23:59ގެ އޮތީ ހުޅުވާލައިފައެވެ. އެ ކެޓަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި <a href="https://boahiyaavahikan.housing.gov.mv">އޮންލައިން ޕޯޓަލް</a> މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް