ޚަބަރު

ގާދިއްފުށީގެ ބިން ހިއްކަން ފަށައިފި، 10 ދުވަސްތެރޭ ހިއްކާ ނިންމާނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ތ. ގާދިއްފުށީގެ ބިން ހިއްކަން މިއަދު ފަށައިފިއެވެ.

Ads by Allied

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ބްރަންއެލެޝީ ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެއް ބޭނުންކޮށް ގާދިއްފުށީގެ ބިން ހިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ގާދިއްފުށިން 11ހެކްޓަރުގެ ބިން 10ދުވަސް ތެރޭ ހިއްކާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގާދިއްފުއްޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އެއް ރަށެވެ. އެ ރަށުގައި މިހާރު ހުންނަނީ އެންމެ 14ހެކްޓަރެވެ.

ގާދިއްފުށީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އެ ރަށުގައި ހޮސްޕިޓަލެއް ވެސް އަޅަން މި ސަރުކާރުން އޮތީ ހަވާލުކޮށްފައެވެ.

ގާދިއްފުށީގެ އިތުރުން އެހެނިހެން ރަށްރަށުގައި ވެސް ބިއްހިއްކުމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ދަނީ ހިންގަމުންނެވެ.

Ads by Allied Insurance