ޚަބަރު ރައްޔިތުންގެ މަޖިލިސް

އެންއައިސީ އަށް އައްޔަނު ކުރުމަށް ރައީސް ހުށަހެޅުއްވި ބޭފުޅާއަށް އާއްމުންގެ ހިޔާލު ހޯދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހުށަހެޅުއްވި ފަރާތާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

މިމަގާމަށް ރައީސް ޞާލިޙު މަޖިލިހަށް ނަންފުޅު ހުށަހަޅުއްވާފައިވާ ފަރާތަކީ ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމް އެވެ.

ގާސިމް އެމަގާމަށް އައްޔަނު ކުރެއްވުމަށްޓަކައި މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިހަށް ރައީސް ހުށަހަޅުއްވާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

މަޖިލިހުން މިކަމާއި ގުޅިގެން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައީސް ފޮނުއްވާފައިވާ މައްސަލަ 05 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި އިއުލާނުކުރުމަށް ފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ރައީސް ފޮނުއްވި ނަމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާކަން އިއުލާނު ކުރަމުން، މަޖިލީހުން ބުނެފަައިވަނީ ގާސިމް އަބްދުލްކަރީމާ ގުޅޭގޮތުން ޝަަކުވާއެއްވާނަމަ 12 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީއަށް މެއިލް ކުރަން ޖެހޭނެ ކަމަށެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅިދާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

Ads by HDC
  1. ކާސިމު

    ވަރަށް އިތުބާރު ކުޑަ ބޭފުޅެއް ތީ ތިކަހަލަ މަޤާމަކަށް ގެންނަން! ބޮޑު ޚިޔާނާތް ފަޅާއަރުވާލިޔަސް ހަމައެއް ލަމައެއް އުަސޫލެއް ދަންނަ މީހެއް ކަމަކަށް ނުބެލެވޭ. މާދަން ކަމެއް ނޭގެ ތިޔަ ކޮމިޝަން ގެ ސިއްރުތައް ބޭރު ކުރާނި. ކޮންމެ ކަމެއް ކުރުމަށް އޮންނާނެ ރިވެތި އުސޫލު! އެ ގޮތަށް އަމަލު ނޮކޮަށް ޤަވާއިދުތައް މުގުރާ މީހެއްގެ ހުންނާނީ ޖަންގަލީގެ އުސޫލު. މީ އަޅުގަނޑުުގެ ޚިޔާލު