ސިޔާސީ

އިދިކޮޅުން އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ނަތީޖާ ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ: ޝުޖާއު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ލިބުނު ނަތީޖާ ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ އެކްސްފައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްބަޔަކު މާކުރިން އުފާފާޅުކުރަން ތިއްބައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކުރި ރަސްމީ ނަތީޖާއިން 581 ގޮނޑިއާއި އެކު އިންތިހާބު ކާމިޔާބު މިކުރީ ޕީއެންސީ ކަމަށެވެ. އަދި އެއީ އީސީގެ ރަސްމީ ނަތީޖާ ކަމަށާއި އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

"ރެފްރީ ކަށިގަނޑު ފުމެލުމުގެ ކުރިން، ބައެއްފަހަރު ކުޅުންތެރިން އުފާފާޅުކުރަން ތިއްބާ، މެޗުން މޮޅުވެގެން ފައިބަނީ އަނެއް ޓީމު. މިފަހަރު މިވީ އެކަހަލަ ގޮތެއް." ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ލިބުނު ނަތީޖާއަކީ ޕީއެންސީއިން އެންމެ އުންމީދު ކުރި ނަތީޖާ ނޫން ކަމަށާއި މަސައްކަތް ކުރެއްވީ މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް ކަމަށް މެންބަރު ވިދާޅުވިއެވެ. 2028އަށް ޓީމުތައް ރުކުރުވާލާ، މި ލިބުނު ނަތީޖާގެ އަލީގައި އިތުރަށް މަސައްކަތްކޮށް ކާމިޔާބީއާ ކަމަށް ދެވޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. ޕޯސްޓް ނިންމަވާލެއްވީ ޕީއެންސީގެ މެންބަރުން ހޯއްދެވި ކާމިޔާބީއަށް ހޫން މަރުހަބާއެއް އަރިސްކުރަމުންނެވެ.

Ads by Allied Insurance