މޯލްޑިވްގޭސްގެ ފަރާތުން ކަސްޓަމަރުންނަށް އިތުރު ލުޔެއް: އެސްއެމްއެސްއަކުން ގޭހަށް އޯޑަރުޖަހާލާ
ގޭހަށް އޯޑަރު ޖަހާލުމަށް މޯލްޑިވް ގޭސްއިން "ޓެކްސްޓް އެންޑް އޯޑަރު" ސާވިސް ތަޢާރަފުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޯލްޑިވްގޭސްގެ މާކެޓިންގ މެނޭޖަރ އާމިނަތު މުޙައްމަދު ސައީދު ވިދާޅުވީ، މި ޚިދުމަތުގެ މަގުސަދަކީ ކަސްޓަމަރުންނަށް ގޭގަ ތިއްބަވައިގެން ފަސޭހަކަމާއެކު ގޭހަށް އޯޑަރު ޖަހާލެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
އެގޮތުން ގޭހަށް އޯޑަރު ދެއްވުމަށް ކަސްޓަމަރ ކޯޑު ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަންބަރާއި އައިޓަމް ކޯޑު ޖެއްސެވުމަށްފަހު 7201616 އަށް އެސްއެމްއެސް ކޮށްލުމުން ގޭސް ޑެލިވަރީ ކޮށްދޭނެކަމަށްވެސް މާކެޓިންގ މެނޭޖަރު ވިދާޅުވިއެވެ.
Public Announcement!
— Maldive Gas Pvt Ltd (@maldivegas) April 15, 2020
We are pleased to inform that emergency gas delivery services will be available tonight from 8:00 pm till 9:30 pm
You can place your orders via our website(https://t.co/VJv1lliKf6) or via SMS order service.
Thank you for your co-operation #StayHome #BeSafe
ގޭހަށް އޯޑަރު ޖެހުމަށް ބޭނުންކުރަން ޖެހޭ ކޯޑުތައް؛
'LP5' Normal 5KG
'LP10' Normal 10KG
'LP22' Normal 22KG
'LP45' Normal 45KG
'LUI10' Luifulhi 10 KG
މާލެ ލޮކްޑައުންކޮށް ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު މޯލްޑިވްގޭސްގެ ފަރާތުން ވަނީ މިރޭވެސް 8:00 އިން 9:30އަށް ގޭސް ޑެލިވަރީކޮށްދީފައެވެ.
އެސްއެމްއެސްގެ އިތުރުން މޯލްޑިވްގޭސްގެ ވެބްސައިޓް maldivegas.com އިން ވެސް ގޭހަށް އޯޑަރު ކުރެވޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިރޭ ގޭސް ޑެލިވަރީކޮށްދިނުމަށް ދޮޅު ގަޑިއިރު ލިބުނީ އެޗްޕީއޭގެ ޚާއްސަ ހުއްދައަކުން ކަމަށާއި، މާދަމާވެސް ހެނދުނުން ފެށިގެން ޑެލިވަރީ ކުރުމަށް ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާމިނަތު ވިދާޅުވިއެވެ. އަދި ގަޑިތައް ފައިނަލް ނުވި ނަމަވެސް ގަޑިތައް ފައިނަލްވިހާ އަވަހަކަށް ހިއްސާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ކުންފުނީގެ މާކެޓިންގ މެނޭޖަރުގެ ހައިސިއްޔަތުން އާމިނަތު ވަނީ މި ދަނޑިވަޅުގައި މޯލްޑިވްގޭސް ގެ މުވައްޒަފުން ދައްކަވަމުން ދާ ނަމޫނާއަށް ޝުކުރު އަދާކުރައްވާފައެވެ.







ކޮމެންޓް