Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުން 670.8 މިލިއަން ޑޮލަރު މާރުކުރި

މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުން 670.8 މިލިއަން ޑޮލަރު މާރުކުރި

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނެވުނު ބަދަލުތަކާއެކު މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ބޭންކްތަކަށް 670.8 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ބުނެފިއެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2024 ވަނަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދާއި، އޭގެ ބަދަލުގައި އުފެދުނު ގާނޫނު ނަންބަރު 32/2024 (ބޭރު ފައިސާގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާ އެކު، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓްތަކެއް (182 ރިސޯޓް) ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މި ތަންތަނުން ޖުމްލަ 670.8 މިލިއަން އެމެރިކާ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި މީގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ ފައިސާ ވަނީ އެމް.އެމް.އޭ އަށް މާރުކޮށްފައެވެ. މިގޮތަށް ލިބުނު ބޭރު ފައިސާގެ ސަބަބުން ރާއްޖޭގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނެވެ. އަދި ބާޒާރަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގާބިލުކަން އެމް.އެމް.އޭ އަށް ލިބުނެވެ.

Advertisement
HDC — Sidebar (box)

އެމްއެމްއޭއިން ވަނީ މިދިޔަ އަހަރު 1.1 ބޭންކްތަކާއި އެކި ބޭނުންތަކަށް ވިއްކާފަ އެވެ. މި އަދަދަކީ 2024 ވަނަ އަހަރު ވިއްކި މިންވަރުން ބަލާނަމަ 10 ޕަސެންޓް އިތުރުވުމެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް