ސިޔާސީ

ބިރުދައްކައިގެން އެމްޑީޕީގެ ސާބިތުކަން ގުޑުވައި ނުލެވޭނެ، އެމްޑީޕީ އޮތީ ގަދަކޮށް: ޝާހިދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު/ ފޮޓޯ: އެމްޑީޕީ

ސިޔާސީ ގޮތުން ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ބަޔަކު ދައްކާ ބިރަކަށް ފަސްޖެހޭނެ ބައެއް ނޫންކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Allied

ޑިމޮކްރެސީގެ އަސާސްތައް ދެމެހެއްޓުމަށާއި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލާނެކަން ފާހަގަކުރައްވަމުން، ޝާހިދު ވަނީ އެމްޑީޕީގެ ޢާންމު މެމްބަރުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައެވެ. އަދި ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ނަގާލައި، ޕާޓީ ބަލިކަށިކޮށްލުމަށް ބަޔަކު ރާވަމުންދާ ރޭވުންތަކަށާއި ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ އަރުވާފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ މާޒީއަށް ބަލާއިރު ވެސް އެ ޕާޓީއަކީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުންނާ އެކު ސާބިތުވެ އޮތް ޕާޓީއެއް ކަމަށެވެ. އެހެންކަމުން، ކުރިމަގުގައި ވެސް އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށާއި، ޤައުމުގެ އިޞްލާޙަށް މަސައްކަތްކުރުންމަތީގައި ފަހަތަށް ނުޖެހި ދެމިތިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

Ads by Allied Insurance