ސިޔާސީ

ނޫސްވެރިން އެއްވެސް ތާކުން ނެރުމުގެ ބާރެއް ރައީސްއަކަށް ލިބިގެނެއް ނުވޭ: ޝާހިދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އެއްވެސް މާހައުލަކުން, އެއްވެސް ނޫސްވެރިން ނެރެ ފޮނުވާލުމުގެ ޤާނޫނީ ބާރު އޮތް ފަރާތެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ނޫސްވެރިޔަކު ރައީސް މުއިއްޒުގެ އެންގެވުމަށް އެ ތަނުން ބޭރުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ރައީސްއަށް ވިޔަސް ނޫސްވެރިންނަށް ސުވާލުކުރެވޭނެ ކަމަށާއި ސުވާލުކުރަން ފުރުސަތުނުދީ އެއްވެސް ތާކުން ބޭރުކޮށްލެވޭނެ ޤާނޫނީ ބާރެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން މިއީ މިނިވަން ނޫސްވެރިކަމަށް ދޭ ހަމަލާއެއް ކަމަށާއި ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް އިންޒާރެއް ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އިހުތިރާމްކުރުމަށާއި ރައްޔިތުންގެ މި ހައްގަށް އިހުތިރާމްކުރުމަށް ރައީސް މުއިއްޒުއަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި އަދަދު ނޫނުގެ ނޫސްވެރިޔާ ކުރި ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ، ނޫސްވެރިޔާ ކޯޓު އަމުރަކާ ޚިލާފުވެފައިވާ ކަމަށާއި، އެހެންކަމުން ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ބޭރަށް ދިއުމަށެވެ.

Ads by Allied Insurance