Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކައުންސިލް އިންތިޚާބު ކާމިޔާބުކުރި އިހަވަންދޫގެ މިނިވަން ދެ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

ކައުންސިލް އިންތިޚާބު ކާމިޔާބުކުރި އިހަވަންދޫގެ މިނިވަން ދެ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

ހއ. އިހަވަންދޫ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރި ދެ ކެންޑިޑޭޓު، ރަށުގެ ތަރައްޤީއަށް ސަރުކާރާ އެކު މަސައްކަތްކުރުމުގެ ނިޔަތުގައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކޮށްފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީއަށް މިއަދު ސޮއިކުރީ، ދާދިފަހުން ބޭއްވި އިންތިޚާބުގައި އިހަވަންދޫ ކައުންސިލަށް ހޮވުނު މުޙައްމަދު ފިރާޤުގެ އިތުރުން، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް އިންތިޚާބުވި ޙަލީމަތު ޙުރާސަތެވެ. ފާއިތުވި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވެ ވާދަކުރި، ފިރާޤަށް 743 ވޯޓު ލިބި، ޙުރާސަތު ވަނީ 770 ވޯޓު ހޯދާފައެވެ.

ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މި ދެ ބޭފުޅުންގެ މެންބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙެވެ. ފަލާޙު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕާޓީގެ އިސްވާރުންގެ ނަންފުޅުގައި މި ދެ ބޭފުޅުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

Advertisement
Ooredoo — Square (box)

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލާޙު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ގޮތުން އިންތިޚާބުތަކުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދަވާ ކެންޑިޑޭޓުން ޕީއެންސީއާ ގުޅިވަޑައިގަތުމަކީ، ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ކައުންސިލް އިންތިޚާބުތައް ކާމިޔާބުކުރައްވާ އެހެނިހެން ބޭފުޅުންވެސް ޤައުމީ ތަރައްޤީގެ ފިކުރާ ގުޅިވަޑައިގަތުމަށް އޭނާ ވަނީ ފާޅުގައި ދަޢުވަތު އަރުވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް